މަށަށް ކަމަކުނުދޭ
މަށަށް ކަމަކު ނުދޭ !!!
އެޕަލް އަކީ ޓެކްނޮލޮޖީ އަށް ބޮޑު
އިންގިލާބެއް ގެނެސް ދިން ބައެއް ކަމުގައި އެތައްބަޔަކު ހިތުގެ އަޑިން ޤަބޫލް
ކުރަމުން ދާއިރު ވެސް ހައިރާން ވާން ޖެހެނީ މަށަށް ކަމަކު ނުދޭ މިހެން ބުނާ
ބަޔަކުވެސް އުޅޭތީ އެވެ. މަދަކުން ނޫނެވެ. ވަރަށްގިނަ ބަޔަކު އެޕަލްގެ އުފެއްދުންތަކާއި
މެދު އެމީހުންގެ ޝުޢޫރު ފާޅުކުރަނީ ވަރަށް ފޫހިގޮތަކަށެވެ. އެޕަލްގެ އުފެއް ދުން
ތަކަށް ފާޑުކިޔާ މީހުން އާންމުކޮށް ބުނެ އުޅެނީ “މަށަށް ކަމަކުނުދޭ” “އެއީ ބޮޑު
އުނދަގުލެއް”، އަދި އެއްބަޔަކު މުސީބާތެއް ނުވަތަ ބަލާއެއް ކަމުގައިވެސް އެޕަލްގެ
އުފެއްދުންތައް ސިފަކުރެއެވެ.
މޮބައިލް ފޯނަކީ މިހާރަށް ބަލާއިރު ނިކަން މުހިންމު
އެއްޗަކަށް މިވަނީ ވެފައެވެ. އެގޮތުން އަތުގައި ފޯނެއްނެތްނަމަ އިންސާނާގެ
ހިއްސެއް މަދުކަހަލައެވެ. އެހާވެސް މުހިންމު އެއްޗަކަށް ފޯނު މިވަނީ ވެފައެވެ. އެގޮތުން
މީހާގެ ހުރިހާ ސިއްރެއް މިހުންނަނީ ފޯނުގައި ރައްކާކުރެވިފަ އެވެ. އަނގައިން
ދައްކާ ވާހަކަ އަށްވުރެ ފޯނުމެދުވެރިކޮށް ލިޔެގެންނާއި އަދިވެސް އެހެން ގޮތްގޮތަށް
ދައްކާވާހަކަ މިވަނީ ގިނަވެފައެވެ. މިހުރިހާ ކޮންވަޒޭޝަން ތަކެއް ވެސް މިހުންނަނީ
ފޯނުގައި ރައްކާކުރެވިފައެވެ. އެހެންމީހަކަށް ފެންނަން ނޭދޭފަދަ ތިމާގެ އަމިއްލަ
އެތަށް ޑޭޓާއެއް ފޯނުގައި ހުންނަކަމުން ފޯނަކީ ވެރިފަރާތުގެ ހުއްދަލިބިގެން ނޫނީ
އެހެންމީހަކަށް އެކްސެސްވެވޭނެ (ވަދެވޭނެ) އެއްޗަކަށް ވެވިގެން ނުވާނެއެވެ. އަދި
އަގުބޮޑުކޮށް ވިޔަސް އަގު ހެޔޮކޮށްވިޔަސް ގަންނަ ފޯނު ވަގަށް ނަގައިގެން އެހެން
މީހަކަށް ފަސޭހަކަމާއިއެކު ބޭނުން ކުރެވިގެން ނުވާނެއެވެ. އެހެންކަމަށް ވާނަމަ
އެޕަލް ޕޯނުތަކާއިމެދު ރުޅި ހިތްހަމަ ނުޖެހޭކަށް މާބޮޑު ޖާގައެއް ނެތެވެ. އެޕަލް
އިން ވަނީ އެމީހުންގެ ފޯނުތައް ވެރިފަރާތަށް ނޫން އެހެން މީހަކަށް ބޭނުން
ނުކުރެވޭގޮތް ހަދައިދީފައެވެ.
އެޕަލް
ފޯނުތައް ކަމުނުދާ ކަމަށް ބުނާ ފަސް ސަބަބު
1- ސެކިއުރިޓީ
ވަރުގަދަވުން
2- އެޕަލް
ނޫން އެހެން ފޯނުތަކަށް ފައިލް ޓްރާންސްފަރ ކުރަން އުނދަގޫވުން
3- އެންޑްރޮއިޑްގައި
ލިބޭފަދަ ތާކުންތާކު ނުޖެހޭ ބައެއް އެޕްލިކޭޝަންތަށް ނުލިބުން
4- ބޭނުން
ކޮންމެ އެޕްލިކޭޝަނެއް ހިލޭ އިންސްޓޯލް ނުކުރެވުން
5- ކޮންޕިއުޓަރ
މެދުވެރިކޮށް ޑޭޓާ ޓްރާންސްފަރ ކުރަން ޕެންޑްރައިވް އެއް ފަދައިން ބޭނުން
ނުކުރެވުން.
ކޮންމެ ފޯނެއްވެސް އެންމެ ފުރަތަމަ ހުޅުވާއިރު ކުޑަ
ނަމަވެސް ސެޓަޕެއް ހަދަން ޖެހޭނެއެވެ. އެޕަލް ފޯނު ހުޅުވާއިރު މިބުނާ ސެޓަޕް
ހެދުމަށް އެހެން ފޯނުތަކަށް ވުރެ ތަންކޮޅެއް ގިނަވަގުތު ނަގައެވެ. ސަބަބަކީ
މިސެޓަޕް ތެރޭގައި ބައެއް ސެކިއުރިޓީ ފީޗާ ތައް ފުރިހަމަކުރަން ޖެހޭތީއެވެ.
އެންމެފުރަތަމަ ކަމަކަށް ލޭންގުއޭޖް އަދި ކަންޓްރީ ސެލެކްޓް ކުރުމަށްފަހު ވައިފައި
ނެޓްވޯކް އަކާ ކަނެކްޓް ކޮށް ސިމް ކާރޑެއް ލައްވަން ޖެހޭނެއެވެ. އެހެން ނޫންނަމަ
މިސެޓަޕް ކުރިއަކަށް ނުގެންދެވޭނެއެވެ. ސެމްސަންގ ފޯނުތަކުގައި ފަހަރަކު
ސްޓެޕްއެއް ސުކިޕް ކުރަމުން ގޮސް މިސެޓަޕް ނިންމާލެވެއެވެ. އެހެންވީމާ މިއޮތީ
އައިފޯން އުނދަގޫވެފަ ކަމަށް ބަޔަކު ގަބޫލުކުރަނީއެވެ. ހަޤީގަތުގައި ފޯނު
ހުޅުވާއިރު ވައިފައި ކަނެކްޓް ކޮށް ސިމްކާޑް ލައްވަން މަޖުބޫރު ކުރަނީ ސަބަބެއް
ނެތިއެއްނޫނެވެ. ފޯނު ހުޅުވަނީ ވެރިފަރާތް ކަމުގައި ނުވާ ނަމަ ވައިފައި ކަނެކްޓް
ކުރާ ހިސާބުން ފޯނުގެ ވެރިފަރާތަށް ފޯނު ލޮކޭޓް ކުރެވޭނެއެވެ. އަދި ފޯނު ފައިންޑް
ވީކަމަށް (ހޯދުނު ކަމަށް) ނޮޓިފިކޭޝަން ލިބިގެންދާނެއެވެ. އަދި ސިމް ކާޑް
ލައްވައިފި ނަމަ ޓެލެކޮމިއުނިކޭޝަން އަށް މި ފޯނު ހޯދަން ފަސޭހަވެގެން ދެއެވެ.
އެހެންނަމަވެސް ސެމްސަންގ ފޯނުތަކުގައި މިއޮޕްޝަން ދީފައެއް ނުއިނދެއެވެ. އައިފޯނު
ވައިފައި ކަނެކްޓް ކޮށް ސިމް ކާޑް ލެއްވުމަށްފަހު ނޫނީ ކުރިއަކަށް ނުދެވޭނެއެވެ.
ނަމަވެސް ކުރިން ބޭނުންކޮށްފައިވާ ފޯނެއްކަމުގައި ވަނީ ނަމަ އަނެއްކާވެސް
އެޕަލްއައިޑީ ޕާސްވޯޑް ޖަހަން މަޖުބޫރުވާނެއެވެ. ޕާސްވޯޑް ނޭނގޭނަމަ ކިތަންމެ
އަގުބޮޑު ފޯނެއް ކަމުގައި ވިޔަސް ފޯނުގެ ބޭނުން ކެނޑި ފޯނު އެއްލާލަން ޖެހުނީއެވެ.
އެންޑްރޮއިޑް 5.0 ފައިވް (ލޮލީޕޮޕް) އިން ފެށިގެން މިކަހަލަ ގޮތަކަށް ސެމްސަންގ
އެކައުންޓްގެ ނަމުގައި ސެކިއުރިޓީ ފީޗާއެއް ވަނީ ތައާރަފު ކޮށްފައެވެ. ނަމަވެސް
މޮބައިލް ޓެކްނީޝަނުން މިބުނާ ސެމްސަންގ އެކައުންޓް (އެފްއާރުޕީ) ކުޑަ
ހިނދުކޮޅެއްގެތެރޭ ރީސެޓްކޮށްލައެވެ. އެހެންކަމުން މިއީކީ މިހާރަށް ބަލާއިރު
މާމޮޅު ސެކިއުރިޓީ ފީޗާ އެއްކަމުގައި ބެލެވޭކަށް ނެތެވެ.
ެންޑްރޮއިޑް ފޯނުތަކުގެ ޕެޓާރން ނުވަތަ ޕިން
ޕާސްވޯރޑް ރީޑް ކުރެވިދާނެއެވެ. އަދި ޑޭޓާތައް ފޮހެނުލާ ފޯނު އަންލޮކު ކުރެވިދާނެ
އެވެ. ނުވަތަ ވަގަށް ނެގުމަށްފަހު ހަމަ އެންމެ މިނިޓްއެއްތެރޭ ފޯނު އަންލޮކް ކޮށް
އަމިއްލަ ފޯނަކަށް ހަދާލެވިދާނެއެވެ. އައިފޯނަށް ބަލާއިރު ވަގަށް ނަގައިގެން
ސުކްރީން ލޮކް އަންލޮކް ކުރެވިދާނެއެވެ. ނަމަވެސް އެހިސާބުން އަނެއްކާވެސް ކުރިން
ބުނި ސެޓަޕް ކުރިއަށްގެންދަން ޖެހޭނެއެވެ. އެޕަލްއައިޑީ އިންކަމުގައި ވަނީ ނަމަ
ފޯނުގެ ވެރިފަރާތާއި ހަވާލުކޮށްލުމަށްވުރެ މޮޅުގޮތެއް ވަގުކަލޭގެ އަކަށް
ނޯންނާނެއެވެ.
އައިފޯނުގައި އެޕްލިކޭޝަން އިންސްޓޯލް
ކުރުމަށް އެޕަލްއައިޑީ އެއްބޭނުން ކުރަންޖެހެއެވެ. ވެރިފަރާތަށް ނޫންނަމަ
އެޕްލިކޭޝަންއެއް ވެސް އިންސްޓޯލް ކުރުމުގެ ހުއްދަ އެޕަލްއަކުން ނުދެއެވެ. މިވެސް
ހީނުކުރާ ފަދަ ބޮޑު ރައްކާތެރިކަމެކެވެ. އެޕަލް ފޯނުގައި ހުންނަ ޑޭޓާ އެއް ވަގަށް
ނެގުމަށް ލިބޭ ފުރުސަތު މިކަމުގެ ސަބަބުން ވަރަށް ބޮޑުތަން ހަނިވެގެން ދެއެވެ.
މިސާލަކަށް އައިފޯނެއްގެ ކޮންޓެކްޓް ލިސްޓް ވަގަށް ނެގުމަށް އެންމެ ފުރަތަމަ
ކަމަކަށް ފޯނު އަންލޮކްވެފައި އިންނަން ޖެހެއެވެ. ނުވަތަ ލޮކްސްކުރީން ޕާސްްވޯޑް
އެނގެންޖެހެއެވެ. އެއަށްފަހު އެކަމަށް ބޭނުންވާ އެޕްލިކޭޝަން އިންސްޓޯލް ކުރަން
ޖެހެއެވެ. ނަމަވެސް އެޕަލް އައިޑީގެ ޕާސްވޯރޑް ނޭނގޭނަމަ އިންސްޓޯލް ކުރެވޭނެ
ގޮތެއް ނެތެވެ. ދެވަނަ ކަމަކީ ފޯނަކީ ކުޑަކުދިން ކުޅެންދީ ހަދާ އެއްޗަކަށް ވެސް
ވުމާއެކު ނޭނގުމެއްގައި ސްޓޯރަށް ވަދެވި ގަންނަން ހުންނަ އެޕްލިކޭޝަން އަކަށް
ޕޭކުރެވުން ދުރުކޮށްދިނުމެވެ. އެޕް އިންސްޓޯލް ކުރުމަށް ކޮންމެ ފަހަރަކު ޕާސްވޯރޑް
ޖެހުމަކީ އުނދަގޫ ވެދާނެ ކަމެކެވެ. ނަމަވެސް އެޕަލްއިން މިވަނީ މިހާރު މިކަން
ފަސޭހަކޮށް ޕާސްވޯރޑް ޖެހުމުގެ ބަދަލަލުގައި ފިންގާ ސުކޭންކޮށް އެޕް އިންސްޓޯލް
ކުރެވޭގޮތަށް މިއުނދަގޫ ފަސޭހަކޮށްދީފަ އެވެ.
އެންޑްރޯއިޑް ފޯނު ތަކުގައި މިކަން ވަރަށް
ތަފާތެވެ. ސްޓޯރުގައި ޖީމެއިލް ބޭނުންކޮށް އެއްފަހަރު ސައިންއިން ވެފައި ވާނަމަ
ބޭނުން އެޕްލިކޭޝަން އެއް ވަން ކުލިކް އަކުން އިންސްޓޯލް ކުރެވެއެވެ. އަދި ގޫގުލް
މެދުވެރިކޮށް އެޕްގެ ޢޭޕީކޭ ފައިލް ޑައުންލޯޑްކޮށް އިންސްޓޯލް ކުރެވިދާނެއެވެ.
އަދި ޕްލޭ ސްޓޯރ ނޫނަސް އެންޑްރޮއިޑް ފޯންތަކަށް ވަރަށް ގިނަ ފްރީ އެޕް ސްޓޯރ ތައް
ހަދާފައި ހުރެއެވެ. ކޮންމެ މީހަކަށްވެސް އެންޑްރޮއިޑް އޯއެސް ހުންނަފޯނުތަކަށް
އެޕް އިންސްޓޯލް ކުރުމަކީ ފަސޭހަކަމަކަށް ވަނީވެފައެވެ. ވީމާ އެންޑްރޮއިޑް
ފޯނަކަށް ވެރިފަރާތެކޭ އެހެންމީހެކޭ މާބޮޑު ފަރަގެއް ނުވެއެވެ. ކޮންމެމީހަކަށް
ވެސް ބޭނުން ކޮންމެ އެޕް އެއް ހަދާ އަޕްލޯޑްކުރެވިދާނެއެވެ. އަދި އެންޑްރޮއިޑް
މޮޑިފައި ކޮށް ފޯންތަކަށް ރޮމް ވެސް ތައްޔާރު ކުރެވިދާނެއެވެ.
އެންޑްރޮއިޑް އަކީ އޯޕެންސޯސް އޯއެސްއަކަށް
ވާތީ ބޭނުން ކޮންމެ ގޮތަކަށް މޮޑިފައި ކޮށް ތިމާ ހިތް އެދޭ ގޮތަކަށް ފަރުމާ
ކުރެވިދާނެ އެވެ. އެންޑްރޮއިޑްގައި ބަގް ގިނަވުމުގެ އަސްލަކީވެސް މިއެވެ.
ބޭނުމެއްނެތް އިތުބާރު ނުހިފޭ އެޕްލިކޭޝަންތައް ގިނަވެ މުޅި ސްޓޯރ އޮންނަނީ
ހާލިވެފައެވެ. އެޕް އެއް ހޯދަން ސާރޗް ކޮށްލުމުން އެތައް ބައިވަރު އެޕް ތަކެއް
ފެނި އަޅަން އެންމެ ރަނގަޅު އެޕް އޮޅޭހިސާބަށް ވަނީ ގޮސްފަ އެވެ. ހުރިހާ
އެޕްލިކޭޝަން ހިލޭ ލިބިދޭތީ އެންޑްރޮއިޑް ފޯނުތަކަށް އެޑް (އިޝްތިހާރު) އަރާލެއް
ވެސް އިންތިހާ ގިނައެވެ. އެކި ފާޑުފާޑުގެ ބްލޮޓްވެއާރ ތައް އަރާ ފޯނު މައްސަލަ
ޖެހެނީ މަދަކުންނޫނެވެ. ފޯނުގެ މަސައްކަތް ލަސްވުމާއި އަވަހަށް ޗާރޖް ދިއުމާ ޗާރޖް
ނުކޮށްދިނުން އަދި އަމިއްލަ އަށް ބައެއް އެޕްލިކޭޝަންތައް ހުޅުވި އޮޓޯޓަޗް
ވުންފަދަ ތާކުންތާކު ނުޖެހޭ މައްސަލަތައް ދިމާވަނީ ގިނަފަހަރަށް ބްލޯޓްވެއާރ
ތަކުގެ ސަބަބުންނެވެ. އައިއޯއެސް ގައި މިފަދަމައްސަލަތަކެއް ދިމައެއް ނުވާނެއެވެ.
No comments: